ރާއްޖޭގެ އެންމެ ތަޖުރިބާކާރު އޮޕަރޭޝަން ތަކަށް ޚާއްޞަ ޑރ. ޞާލިޙް މެޑިކާގައި ސާޖަރީ ހައްދަވަން ފައްޓަވަނީ

Dr. Solih

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސަރޖަން ކަމުގައިވާ، ޑރ. މުޙައްމަދު ޞާލިޙް، ބުރާސްފަތި ދުވަހުން ފެށިގެން މެޑިކާ ހޮސްޕިޓަލުގައި ސާޖަރީ ހައްދަވަން ފައްޓަވާނެ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ. ސިއްހީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، އަދި ގިނަ ބައެއްގެ އިހުތިރާމާއި އިތުބާރު ލިބިފައިވާ ޑރ. ޞާލިޙް މިދާއިރާއާއި ގުޅިވަޑައިގެންނެވީ މަޖީދިއްޔާ ސްކޫލާއި ސައިންސް އެޑިއުކޭޝަން ސެންޓަރުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު 1982 ވަނަ އަހަރު މެޑިކަލް ކްލާކްގެ މަގާމުންނެވެ. އެއަށްފަހު އިންޑިއާއިން މަތީ ތަޢުލީމު ހާސިލުކުރަށްވައި މެޑިކަލް […]

މެޑިކާ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ކުލިނިކެއް

POD8FtdTirz1wwIK9MfZy1I6whxRq9mealtCeA2O

މެޑިކާ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކާއި ގުޅުންހުރި ޙިދުމަތްތައް ފެށުމަށް ހާއްސަ ކްލިނިކެއް ހުޅުވަން ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ. މުޖުތަމަޢުގެ ތަފާތު ޞިއްޙީ ބޭނުންތައް މިހާރަށްވުރެ ފުރިހަމައަށް ފުއްދައިދިނުމަށް މެޑިކާ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތް ފުޅާކޮށް، ލޮލުގެ ބަލިތަކަށް ހާއްސަކޮށް ޚިދުމަތްދޭން ގާއިމުކުރާ މިކްލިނިކުން 23 ޑިސެމްބަރު 2023 އިން ފެށިގެން ޚިދުމަތް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މެޑިކާ ހޮސްޕިޓަލުން ބުނީ ފެންވަރު ރަނގަޅު އަދި ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، […]